١قُلْ أُوحِيَ إِلَيَّ أَنَّهُ اسْتَمَعَ نَفَرٌ مِنَ الْجِنِّ فَقَالُوا إِنَّا سَمِعْنَا قُرْآنًا عَجَبًا
1ކަލޭގެފާނު ވިދާޅުވާށެވެ! ޖިންނީންގެ ތެރެއިން ބަޔަކު (قرآن ގެ) އަޑު އަހައިފިކަމަށް، ތިމަންކަލޭގެފާނަށް وحى އިއްވަވައިފިއެވެ. ފަހެ (އެއުރެންގެ قوم ގެމީހުންނަށް) އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، ތިމަންމެން عجائب ވާފަދަ قرآن އެއްގެ އަޑު އަހައިފީމުއެވެ.
٢يَهْدِي إِلَى الرُّشْدِ فَآمَنَّا بِهِ ۖ وَلَنْ نُشْرِكَ بِرَبِّنَا أَحَدًا
2އެ قرآن މަގުދައްކަނީ، حق ތެދުމަގަށެވެ. ފަހެ، ތިމަންމެން އެ قرآن އަށް إيمان ވެއްޖައީމުއެވެ. އަދި ތިމަންމެންގެ ވެރިރަސްކަލާނގެއާ އެއްވެސް އެއްޗެއް ތިމަންމެން شريك އެއް ނުކުރާނަމެވެ.
٣وَأَنَّهُ تَعَالَىٰ جَدُّ رَبِّنَا مَا اتَّخَذَ صَاحِبَةً وَلَا وَلَدًا
3އަދި އަޅަމެންގެ ވެރިރަސްކަލާނގެ عظمة ތެރިކަން މަތިވެރިވެގެންވެއެވެ. އަދި އެކަލާނގެ އަނބިކަނބަލަކުވެސް، އަދި ދަރިކަލަކުވެސް ނުހިއްޕަވައެވެ.
٤وَأَنَّهُ كَانَ يَقُولُ سَفِيهُنَا عَلَى اللَّهِ شَطَطًا
4އަދި ތިމަންމެންގެ ތެރެއިން جاهل ކަންބޮޑު މީހާ، اللَّه އާމެދު حق ން އެއްކިބާވެ، ހައްދުފަހަނަޅައިފައިވާ ބަސްބުނާކަމުގައިވިއެވެ.
٥وَأَنَّا ظَنَنَّا أَنْ لَنْ تَقُولَ الْإِنْسُ وَالْجِنُّ عَلَى اللَّهِ كَذِبًا
5އަދި اللَّه އާމެދު އިންސިޔަކުވެސް، އަދި ޖިންނިޔަކުވެސް އެއްވެސް ދޮގެއް ނުބުނާނެކަމަށް ތިމަންމެން ހީކުރީމުއެވެ.
٦وَأَنَّهُ كَانَ رِجَالٌ مِنَ الْإِنْسِ يَعُوذُونَ بِرِجَالٍ مِنَ الْجِنِّ فَزَادُوهُمْ رَهَقًا
6އަދި އިންސީންގެ ތެރެއިން ފިރިހެންބަޔަކު، ޖިންނީންގެ ތެރެއިން ފިރިހެންބަޔެއްގެ ކިބައިން ރައްކާތެރިކަމަށް އެދޭކަމުގައިވޫއެވެ. ފަހެ (އެކަމުގެ ސަބަބުން) އެއުރެންނަށް (އެބަހީ: ޖިންނީންނަށް) އެއުރެން (އެބަހީ: އިންސީން) كافر ކަމާއި ބޮޑާކަން އިތުރުކުރޫއެވެ.
٧وَأَنَّهُمْ ظَنُّوا كَمَا ظَنَنْتُمْ أَنْ لَنْ يَبْعَثَ اللَّهُ أَحَدًا
7އަދި ތިޔަބައިމީހުން (އެބަހީ: ޖިންނީން) ހީކުރިފަދައިން އެއުރެންވެސް (އެބަހީ: އިންސީންވެސް) ހީކުރީ، اللَّه، އެއްވެސް މީހަކު އަލުން ދިރުމަކަށް ނުފޮނުއްވާނެކަމަށެވެ.
٨وَأَنَّا لَمَسْنَا السَّمَاءَ فَوَجَدْنَاهَا مُلِئَتْ حَرَسًا شَدِيدًا وَشُهُبًا
8އަދި ތިމަންމެން އުޑުގެ خبر ހޯދަން އުޅުނީމުއެވެ. ފަހެ، ތިމަންމެންނަށް އެތަންފެނުނީ، ބަލަހައްޓަވާ، ގަދަފަދަ ملائكة ންނާއި، ގިނިހިލަތަކުން ފުރިފައިވާތީއެވެ.
٩وَأَنَّا كُنَّا نَقْعُدُ مِنْهَا مَقَاعِدَ لِلسَّمْعِ ۖ فَمَنْ يَسْتَمِعِ الْآنَ يَجِدْ لَهُ شِهَابًا رَصَدًا
9އަދި ތިމަންމެން އެ އުޑުގެ ތަންތަނުގައި އަޑުއަހަން އިށީނދެ ތިބޭކަމުގައިވީމުއެވެ. ފަހެ، މިހާރު އެ އަޑު އަހަންއުޅޭމީހަކަށް ފެންނަހުށީ ފާރަލައިގެންވާ ގިނިހިލަޔެކެވެ.
١٠وَأَنَّا لَا نَدْرِي أَشَرٌّ أُرِيدَ بِمَنْ فِي الْأَرْضِ أَمْ أَرَادَ بِهِمْ رَبُّهُمْ رَشَدًا
10އަދި ބިމުގައިވާ މީހުންނަށް އިރާދަކުރައްވާފައިވަނީ، ނުބަޔަކަށްކަން، ނުވަތަ އެއުރެންގެ ވެރިރަސްކަލާނގެ، އެއުރެންނަށް އިރާދަކުރައްވާފައިވަނީ، ތެދުމަގަކަށްކަން ތިމަންމެންނަކަށް ނޭނގެތެވެ.
١١وَأَنَّا مِنَّا الصَّالِحُونَ وَمِنَّا دُونَ ذَٰلِكَ ۖ كُنَّا طَرَائِقَ قِدَدًا
11އަދި ތިމަންމެންގެ ތެރެއިން ހެޔޮލަފާ މީހުންނާއި، އެނޫން މީހުންވެއެވެ. ތިމަންމެންވަނީ، ތަފާތު ބައިބަޔަށެވެ.
١٢وَأَنَّا ظَنَنَّا أَنْ لَنْ نُعْجِزَ اللَّهَ فِي الْأَرْضِ وَلَنْ نُعْجِزَهُ هَرَبًا
12އަދި ތިމަންމެންނަށް ބިމުގައި اللَّه ނުކުޅައްދައި ނުލެވޭނެކަމާއި، އަދި އެކަލާނގެއަށް ފިލައިގެން ދިޔުމުގައިވެސް ނުކުޅައްދައި ނުލެވޭނެކަން ތިމަންމެން يقين ކުރަމުއެވެ.
١٣وَأَنَّا لَمَّا سَمِعْنَا الْهُدَىٰ آمَنَّا بِهِ ۖ فَمَنْ يُؤْمِنْ بِرَبِّهِ فَلَا يَخَافُ بَخْسًا وَلَا رَهَقًا
13އަދި ތިމަންމެން ތެދުމަގުގެ އަޑު (އެބަހީ: قرآن ގެއަޑު) އެހިހިނދު، ތިމަންމެން އެއަށް إيمان ވެއްޖައީމުއެވެ. ފަހެ، އެމީހެއްގެ ވެރިރަސްކަލާނގެއަށް إيمان ވާ މީހާ (ދަންނާށެވެ!) ފަހެ، ދަރުމަ އުނިކުރައްވައިފާނެކަމަކަށް، އަދި އަނިޔާލިބިދާނެކަމަކަށް އެމީހާ ބިރެއްނުގަންނާނެތެވެ.
١٤وَأَنَّا مِنَّا الْمُسْلِمُونَ وَمِنَّا الْقَاسِطُونَ ۖ فَمَنْ أَسْلَمَ فَأُولَٰئِكَ تَحَرَّوْا رَشَدًا
14އަދި ތިމަންމެންގެ ތެރެއިން مسلم ންވެއެވެ. އަދި ތިމަންމެންގެ ތެރެއިން ތެދުމަގުން އެއްކިބާވެފައިވާ މީހުންވެއެވެ. ފަހެ، إسلام ވި މީހުން (ދަންނާށެވެ!) ފަހެ، އެއުރެން ތެދުމަގު اختيار ކޮށްފޫއެވެ.
١٥وَأَمَّا الْقَاسِطُونَ فَكَانُوا لِجَهَنَّمَ حَطَبًا
15އަދި ތެދުމަގުން އެއްކިބާވި މީހުން ދަންނާށެވެ! ފަހެ، ނަރަކައިގެ ދަރު ކަމުގައި އެއުރެންވޫއެވެ.
١٦وَأَنْ لَوِ اسْتَقَامُوا عَلَى الطَّرِيقَةِ لَأَسْقَيْنَاهُمْ مَاءً غَدَقًا
16އެއުރެން ތެދުމަގުގައި ސީދާވެ ތިބެއްޖެނަމަ، ތިމަންރަސްކަލާނގެ، ހަމަކަށަވަރުން، އެއުރެންނަށް ގިނަވެގެންވާ ފެން (އެބަހީ: رزق ތަނަވަސްކުރެއްވުން) ދެއްވާހުށީމެވެ.
١٧لِنَفْتِنَهُمْ فِيهِ ۚ وَمَنْ يُعْرِضْ عَنْ ذِكْرِ رَبِّهِ يَسْلُكْهُ عَذَابًا صَعَدًا
17(އެއީ) ތިމަންރަސްކަލާނގެ، އެއުރެން އެކަމުގައި امتحان ކުރެއްވުމަށްޓަކައެވެ. އަދި އެމީހާގެ ވެރިރަސްކަލާނގެ ހަނދުމަކުރުމުން އެއްކިބާވެއްޖެ މީހާ (ދަންނާށެވެ!) ގަދަފަދަވެގެންވާ عذاب އަކަށް އެކަލާނގެ އެމީހާ ވައްދަވާހުށްޓެވެ.
١٨وَأَنَّ الْمَسَاجِدَ لِلَّهِ فَلَا تَدْعُوا مَعَ اللَّهِ أَحَدًا
18އަދި މިސްކިތްތައް ވަނީ اللَّه އަށެވެ. ފަހެ، ތިޔަބައިމީހުން اللَّه އާއެކު އެހެން އެއްވެސް ފަރާތަކަށް އަޅުކަން ނުކުރާހުށިކަމެވެ!
١٩وَأَنَّهُ لَمَّا قَامَ عَبْدُ اللَّهِ يَدْعُوهُ كَادُوا يَكُونُونَ عَلَيْهِ لِبَدًا
19އަދި اللَّه ގެ އަޅާ، އެކަލާނގެއަށް އަޅުކަން ކުރެއްވުމަށް ތެދުވެވަޑައިގަތްހިނދު (އެ ޖިންނީންގެ) جماعة ތައް އެކަލޭގެފާނުގެ އަރިހަށް (އެކަލޭގެފާނު ކިޔަވައި ވިދާޅުވާ އަޑު އެހުމަށް) ބޮނޑިވެގަތުމާ ގާތްވޫއެވެ.
٢٠قُلْ إِنَّمَا أَدْعُو رَبِّي وَلَا أُشْرِكُ بِهِ أَحَدًا
20ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު އަޅުކަންކުރައްވާކަން ކަށަވަރީ، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއަށެވެ. އަދި ތިމަންކަލޭގެފާނު އެއްވެސް ފަރާތެއް އެކަލާނގެއާ شريك އެއް ނުކުރައްވަމެވެ.
٢١قُلْ إِنِّي لَا أَمْلِكُ لَكُمْ ضَرًّا وَلَا رَشَدًا
21ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންނަށް ގެއްލުމެއް ދިނުމެއްވެސް، އަދި ތެދުމަގެއް ދެއްކުމެއްވެސް، ތިމަންކަލޭގެފާނަކަށް މިލްކުވެގެނެއް ނުވެތެވެ.
٢٢قُلْ إِنِّي لَنْ يُجِيرَنِي مِنَ اللَّهِ أَحَدٌ وَلَنْ أَجِدَ مِنْ دُونِهِ مُلْتَحَدًا
22ކަލޭގެފާނު ވިދާޅުވާށެވެ! (ތިމަންކަލޭގެފާނު އުރެދިއްޖެނަމަ) ހަމަކަށަވަރުން، اللَّه ގެ عذاب ން، ތިމަންކަލޭގެފާނު މިންޖުކުރާނޭ ހަމައެކަކުވެސް ނުވެތެވެ. އަދި އެކަލާނގެ ފިޔަވައި ސަލާމަތްވުމަށްދާނޭ އެހެންފަރާތެއް ތިމަންކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ.
٢٣إِلَّا بَلَاغًا مِنَ اللَّهِ وَرِسَالَاتِهِ ۚ وَمَنْ يَعْصِ اللَّهَ وَرَسُولَهُ فَإِنَّ لَهُ نَارَ جَهَنَّمَ خَالِدِينَ فِيهَا أَبَدًا
23އެހެނެއްކަމަކު (ތިމަންކަލޭގެފާނަށްއޮތީ) اللَّه ގެ حضرة ން އަންގަވާ އެންގެވުމަކާއި، އެކަލާނގެ رسالة ތައް އިއްވެވުމެވެ. اللَّه އަށާއި، އެކަލާނގެ رسول އާއަށް އުރެދޭ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށްހުރީ، ނަރަކައިގެ އަލިފާނެވެ. އެތާނގައި އެއުރެން އަބަދަށް ދެމިތިބެނިވި ގޮތުގައެވެ.
٢٤حَتَّىٰ إِذَا رَأَوْا مَا يُوعَدُونَ فَسَيَعْلَمُونَ مَنْ أَضْعَفُ نَاصِرًا وَأَقَلُّ عَدَدًا
24އެއުރެންނަށް وعد ކުރައްވާފައިވާ عذاب ފެނިއްޖައުމަށް ދާނދެނެވެ. ފަހެ، އެހިނދު نصر ދޭ މީހުންގެ ގޮތުން ނިކަމެތި، އަދި عدد ގެގޮތުން މަދީ ކޮންބަޔެއްކަން ނިކަންހުރެ އެއުރެންނަށް އެނގޭނެތެވެ.
٢٥قُلْ إِنْ أَدْرِي أَقَرِيبٌ مَا تُوعَدُونَ أَمْ يَجْعَلُ لَهُ رَبِّي أَمَدًا
25ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންނަށް وعد ކުރައްވާ عذاب ގާތްވެއްޖެކަމެއްވެސް، ނުވަތަ ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ އެކަމަކަށް ދިގުމުއްދަތެއް ލައްވާނެކަމެއްވެސް ތިމަންކަލޭގެފާނަކަށް އެނގިވަޑައެއް ނުގަނެތެވެ.
٢٦عَالِمُ الْغَيْبِ فَلَا يُظْهِرُ عَلَىٰ غَيْبِهِ أَحَدًا
26(އެކަލާނގެއީ) غيب ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. ފަހެ، އެކަލާނގެ غيب އެއްވެސް މީހަކަށް ފާޅެއްނުކުރައްވަތެވެ.
٢٧إِلَّا مَنِ ارْتَضَىٰ مِنْ رَسُولٍ فَإِنَّهُ يَسْلُكُ مِنْ بَيْنِ يَدَيْهِ وَمِنْ خَلْفِهِ رَصَدًا
27އެކަލާނގެ ރުހިވޮޑިގެންވާ رسول އަކަށް މެނުވީއެވެ. ފަހެ، ހަމަކަށަވަރުން، އެކަލާނގެ އެ رسول އެއްގެ ކުރިފުޅުމަތިންނާއި، ފަހަތްޕުޅުން ބަލަހައްޓަވާ ملائكة ން ފޮނުއްވަތެވެ.
٢٨لِيَعْلَمَ أَنْ قَدْ أَبْلَغُوا رِسَالَاتِ رَبِّهِمْ وَأَحَاطَ بِمَا لَدَيْهِمْ وَأَحْصَىٰ كُلَّ شَيْءٍ عَدَدًا
28(އެއީ) އެބޭކަލުންގެ ވެރިރަސްކަލާނގެ رسالة ތައް އެބޭކަލުން އިއްވެވިކަން ދެނެވޮޑިގެންވެ، އެކަން ހާމަވުމަށްޓަކައެވެ. އަދި އެބޭކަލުންގެ މެދުގައި ވާހާ ކަމެއް އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި އެކަލާނގެ ހުރިހާ އެއްޗެއްގެ عدد ދެނެވޮޑިގެންވެތެވެ.